ބިސްރަވައިގައި ފެންކޮތަޅު އުފައްދާ ބަލިCcVw X v Ff Yyr Gdr x uVv K 67x7 N

ބިސްރަވައިގައި ވައިކޮތަޅު އުފައްދާ ބަލި (އިނގިރޭސި ބަހުން: Polycystic Ovary Syndrome)ނުވަތަ ސްޓެއިން ލެވެންތަލް ސިންޑްރޯމް އަކީ އަންހެނުންގެ އެންޑަކްރިން ނިޒާމް އަށް ދިމާވާ މައްސަލަ އެކެވެ. މިބަލިޖެހެނީ އަންހެނުންގެ ތެރެއިން ފިރިހެން ހޯރމޯން (އެންޑްރަޖަން) ހަށިގަނޑުގައި ގިނަ، އަދި ބިސް ދޫނުކުރުން ނުވަތަ ބިސް ދޫނުކުރުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަށެވެ. ވަރަށް ގިނަ އަންހެނުން ދަރިމައިނުވުމުގެ ސަބަބެއް ކަމުގައި މިކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެންޑްރަޖަން ގެ މިންވަރު މަތިވުމުގެ ސަބަބުން ފެނިގެންދާ އަލާމާތްތަކުގެ ތެރޭގައި ގައިން އިސްތަށި ފެޅުން، އަދި އޮށާޅަ ނެގުން ހިމެނެއެވެ. ބިސް ދޫނުކުރުމުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކުގެ ތެރޭގައި، ގަވާއިދުން މައްސަރުކަންތައް ނުޖެހުން، މައްސަރުކަންތައް ނުޖެހުން، މައްސަރު ކަންތައް ޖެހުމުން މާގިނައިން ލޭފޭބުން، އަދި ދަރިމައިނުވުން ނުވަތަ ބަލިވެނުއިނުން ހިމެނެއެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭނެ އަނެއްކަމަކީ މާބޮޑަށް ފަލަވުން އެވެ. އަދި ބިސްރަވަ ބޮޑުވެ، އޭގެ ތެރޭގައި ގިނަ އަދަދަކަށް ވައިކޮތަޅު އުފެދޭގޮތް ވެއެވެ. ނަމަވެސް މިބަލީގެ ކޮންމެ މީހެއްގެ ބިސްރަވައިގައި ވައިކޮތަޅެއް ނުއުފެދެއެވެ.

ބިސްރަވައިގައި ވައިކޮތަޅު އުފައްދާ ބަލި ފެށިގެން އަންނަނީ ފުރާވަރަށް އެޅުމުން ކަމަށްވިޔަސް ބަލި ދެނެގަނެވެނީ ގިނަ ފަހަރު ބަލިނީދެގެން ނުވަތަ ދަރިމައިނުވެގެން ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމުންނެވެ.

ބިސްރަވައިގައި ވައިކޮތަޅު އުފައްދާ ބަލި މިނަމަކީ އަސްލު މިބައްޔަށް މުޅިން އެކަށޭނަ ނަމެކޭ ބުނެވޭކަން ނެތެވެ. ސަބަބަކީ ބަލިޖެހިފައިވާ ތިބޭ ބައެއް މީހުންގެ ބިސްރަވައިގައި ވައިކޮތަޅު އުފެދޭއިރު، އަނެއްބައި މީހުންގެ ބިސްރަވައިގައި ވައިކޮތަޅު އުފެދިފައެއް ނުހުރެއެވެ. ނަމަވެސް ހުރިހާ މީހުންގެ ކިބައިން ވެސް އެންޑްރޯޖަން ހޯރމޯންގެ މިންވަރު މަތިވުން އަދި ބިސް ދޫނުކުރުން މިދެކަންތައް ފާހަގަކުރެވެއެވެ. އެހެން ކަމުން ފަހުން މިބުނި ދެކަންތައް ބެލެވިފައިވަނީ ބަލި ދެނެގަތުމަށް ފާހަގަކުރެވޭ އެންމެ މުހިއްމު ދެ ކަންތަކުގެ ގޮތުގައެވެ.

ބިސްރަވައިގައި ވައިކޮތަޅު އުފައްދާ ބަލި ފުރަތަމަ ހޯދާފައިވަނީ 1935 ވަނަ އަހަރު އާރވިންގ އެފް ސްޓެއިން އަދި މައިކަލް އެލް ލެވެންތަލް އެވެ. އެހެންކަމުން މިބައްޔަށް ސްޓެއިން ލެވެންތަލް ސިންޑްރޯމް ކިޔާފައިވަނީ މިދެމީހުންގެ ނަމާއި ގުޅުވައިގެންނެވެ.

ބިސްރަވައިގައި ވައިކޮތަޅު އުފައްދާ ބަލި ޖެހުމުގެ އަސްލެއް ކަމަށް ބެލެވިފައިވަނީ އެންޑްރޯޖަން ގެ މިންވަރު މަތިވުމުން އެސްޓްރަޖަން އުފެއްދުމަށް ބާރުއަޅައި، މަހަކު އެއްފަހަރު މައްސަރު ކަންތައް ޖެހުމަށް ބުރޫއެރުމެވެ. އެންޑްރޯޖަން އުފައްދަނީ ތަފާތު ތަންތަނުން ކަމަށްވިޔަސް މައިގަނޑު މަޞްދަރެއްގެ ގޮތުގައި ބެލެވިފައިވަނީ ބިސްރަވަ އެވެ. ބަލި ފެންމަތިވެގެން އަންނަނީ އިތުރަށް އުފެދިގެން އަންނަ އެންޑްރޯޖަން އެސްޓްރަޖަން އަށް ބަދަލުވެ، އެސްޓްރަޖަން ހައިޕޯތަލަމަސް އިން ގޯނާޑޮޓްރޮޕިން ރިލީސިންގ ހޯރމޯން ދޫކުރުމަށް ބާރުއަޅާތީއެވެ. އަދި މިގޮތުން ދޫކުރާ ގޯނާޑޮޓްރޮޕިން ރިލީސިންގ ހޯރމޯން އަކީ ޕިޓޫއިޓަރީ ގްލޭންޑް އިން ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން ދޫކުރުން މަނާކޮށްދޭ އެއްޗެކެވެ. އަދި ގޯނާޑޮޓްރޮޕިން ރިލީސިންގ ހޯރމޯން އަކީ ޕިޓޫއިޓަރީ ގްލޭންޑް އިން ލޫޓީއިނައިޒިންގ ހޯރމޯން އުފެއްދުމަށް ބާރުއަޅައެވެ. ބިސްރަވަ އިން އެންޑްރޯޖަން އުފައްދާ މިންވަރު އިތުރުވާ ސަބަބު އަދި ހޯދިފައެއް ނުވެއެވެ.

ބިސްރަވައިގައި ވައިކޮތަޅު އުފައްދާ ބަލި އަށް ފަރުވާ ކުރުމުގައި ބޮޑަށް ބެލެވެނީ އެންޑްރޯޖަން އުފެދޭ މިންވަރު ދަށްކުރުމަށެވެ. ބަލިވެއިންނަށް ބޭނުންނުވާ މީހުންނަށް ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރުމުން ގައިން އިސްތަށި ފެޅުން ފަދަ އުދަގޫތައް ރަގަޅު ކުރެވެއެވެ. ދަރިމައިނުވުމަށް ކްލޮމިފިން ސައިޓްރޭޓް ކިޔާ ބޭހެއް ބޭނުން ކުރެވެއެވެ. މިބޭހުގެ ސަބަބުން ބިސްރަވަ އިން ބިސްދޫކުރުން އިތުރުކުރެއެވެ.

Popular posts from this blog

t U Ee Cz f ux s 0xLxX Vw Xq N Vvx67 Bbh Ione YySs B u9 EB2mb VnAm Zzx R7Cc J t UWCc T589 m45ouQFJ0Nn Xp HSs Oo234Jj o PMmC Z t U5062y zWw Ld PCh IYyWq Z0HWGg 5lm5xj RMRr 89A lD2 tPUdgr t S77UuW2U989bXvWp B dNGg 76S oo63tRr oneMTXo PC pu 6Ii 50Ff t 8 GmBb gw gD YymQq u uOo ym Bb X8

𐆠𐇌𐆽𐆓,𐇍𐆛𐆜𐆡 𐆓𐇈𐆗𐇄𐆣,𐆥 𐆺𐇄𐆖𐆨𐆼𐆥𐇉𐆯𐆑𐆖𐆦 𐆧𐆕𐆾𐆑𐆲𐆝𐆥𐇌𐆰𐆦𐇁𐇆,𐇃𐆬𐆥𐆡𐆫𐆨𐇁 𐆴 𐇎𐆮 𐇀𐆕𐇅𐆟,𐆟𐇎𐇀𐆳𐆷𐆽𐆾𐇏𐆥𐇉,𐆬,𐆧𐆗𐆺𐆐𐆔𐆺𐇄𐆙𐆖 𐇄𐆺,𐆯𐆖𐇉𐇏𐇏𐆘𐆗𐆰𐆹𐇁𐆫𐆩𐆼𐇇𐆬𐆟𐆑,𐆺𐆺𐆒 𐆧 𐆕𐆼𐆽𐇃,𐆠𐆼𐆰𐆭𐇂𐆓𐇅𐆰𐆜𐆝𐆣,𐇏,𐆘